2/17/11

މިނިކަށި ފައްޅި

ބައެއް ޙަޤީޤަތްތަކަކީ، ޚިޔާލަށް ގެނެވޭ ވަރަށް ވުރެ ވެސް އާދަޔާ ޚިލާފު ކަންތައްތަކެވެ. އެފަދަ އެއްކަމަކީ، މިނިކަށި ފައްޅި އެވެ. އެ ފައްޅި ހުންނަނީ، ޗެކް ރިޕަބްލިކް ގަ އެވެ. އެ ޤައުމުގެ ވެރިރަށާ 70 ކިލޯމީޓަރ ދުރުގައިވާ ސެޑްލެސްް ކިޔާ ރަށުގަ އެވެ. މިނިކަށި ފައްޅީގެ ސަބަބުން އެރަށް ވަނީ މަޝްހޫރުވެފަ އެވެ. އެފައްޅީގެ ނަމަކީ،ކުޓުނަ ހޯރަ އެވެ.
މިނިކަށި ފައްޅި ޑެކަރޭޓްކުރުމުގައި ބޭނުންކޮށްފައިވަނީ (އިންސާނުންގެ) މިނިކަށްޓެވެ. އިހުޒަމާނުގައި އެފައްޅިއަކީ، މައްޔިތުން ވަޅުލެވުނު ތަނެކެވެ. އެތަނުގައި ގާތްގަނޑަކަށް ތިރީސްހާސް މީހުން ވަޅުލެވުނެވެ.
1511މ. ވަނަ އަހަރު، އެ ތަނުގައި ވަޅުލެވިފައިވާ މީހުންގެ ކަށިތައް ނެގުނެވެ. އެއީ އަލުން މީހުން ވަޅުލުމަށް ޖާގަ ހެދުމަށްޓަކަ އެވެ.

މިނިކަށިން އެފައްޅި ޑެކަރޭޓްކުރެވުނީ، 1870 މ. ވަނަ އަހަރުގަ އެވެ. އެކަމަށްޓަކައި، ގާތްގަނޑަކަށް ވިހިހާސް ޖޯޑު މިނިކަށި ބޭނުންކުރެވުނެވެ. އެތަނުގައި ބޭނުންކުރެވިފައިވަނީ، އިންސާނުންގެ ބޮލާއި އަތާއި ފަޔާއި ޅިނދު ކަށްޓެވެ.























No comments:

Post a Comment