2/16/11

ސިޔާސީ ޖޯކު: ދިވެހިން ވިހަނީ ފޫޅުން +18


މިފަހަރު ޔޫއެން އެސެމްބްލީއަށް ދުނިޔޭގެ އިސްވެރިން ގޮސް ތިބި ދުވަސްވަރެވެ. ކޮފީ ބްރޭކްގައި އެމެރިކާގެ ރައީސާއި ރަޝިޔާގެ ބޮޑުވަޒީރު ތިއްބެވީ ކޮފީއެއް ބައްލަވާށެވެ. ރާއްޖޭގެ ރައީސުވެސް ދިވެހި ޑެލިގޭޓުންނާއެކު އެ ތަނުގައި އިންނެވިތަން އެމެރިކާގެ ރައީސަށް ފެނިވަޑައިގަތުމުން ރާއްޖޭގެ ރައީސަށް ހަނާ އަޅުއްވާލެއްވުމަށް ފަހު އެ ދެބޭފުޅުން ތިއްބެވި މޭޒުކައިރިއަށް ގެންދެވިއެވެ. އަދި މިއީ އޭޝިޔާގައި އަޅުގަނޑޭ ވިދާޅުވުމަށް ފަހު، ކޮންމެ ގައުމަކުންވެސް އާދަޔާ ޚިލާފު ހަބަރެއް ހިއްސާކޮށްލަމާ ހިނގާށޭ އެމެރިކާގެ ރައީސު ވިދާޅުވިއެވެ.

ރަޝިޔާއަކީ އެމެރިކާއާ އަދިވެސް ފާޑަކަށް ފިނި ހަނގުރާމައެއް ކުރަމުންދާ ގައުމަކަށްވުމުން، އެމެރިކާގެ ރައީސް އެހެން ވިދާޅުވުމާއެކު ރަޝިޔާގެ ސަބްމެރީންގެ ވާހަކަ ރަޝިޔާގެ ބޮޑުވަޒީރު ފެއްޓެވިއެވެ.

ރަޝިޔާގެ ބޮޑުވަޒީރު: އަޅުގަނޑުމެން އެންމެ ފަހުން އުފެއްދި ސަބްމެރީން ހާދަ މޮޅޭ… އޭތި ދަނީ ހަމަ ކަނޑުއަޑީގައި ޖެހިގެން…

“ހަމަ އަސްލުވެއްތޯ؟ ކަނޑުއަޑީގައިވެސް ޖެހޭތޯ؟” އެމެރިކާގެ ރައީސް ވަރަށް ހައިރާންވެގެން އެއްސެވިއެވެ.

ރަޝިޔާގެ ބޮޑުވަޒީރު ކުޑަކޮށް ވިސްނަވާލެއްވުމަށް ފަހު: ނޫނޭ… މުޅިއަކުން ނުޖެހޭ… ދަނީ ކައިވަތެއް ހާތަން މަތިން…

އެހެން ވިދާޅުމުން އެމެރިކާގެ ރައީސް ހަމަޖެހުމުގެ ނޭވާއެއް ލެއްވުމަށް ފަހު ވިދާޅުވިއެވެ. “އެނގިވަޑައިގަންނަވާތޯ؟ އިހަކަށް ދުވަހު އަޅުގަނޑުމެން ޓެސްޓުކުރިން މިސައިލެއް… އޭތި ދަނީ އުޑުގައި ކޭތެމުން.. އަޅުގަނޑުމެންވެސް ތިބީ ކޮސްވެފައި…”

ރަޝިޔާގެ ބޮޑުވަޒީރު ވަރަށް ހައިރާންވެފައި: ނުވާނެ އެހެންނެއް.. އުޑަކު ނުޖެހޭނެ އެއްނޫންތޯ؟.. ތެދަށް ވިދާޅުވެބައްލަވާ… އަސްލުވެސް އުޑުގައި ޖެހިގެންތޯ މިސައިލް ދަނީ؟

އެމެރިކާގެ ރައީސު: ނޫނޭ.. ހަމަ ނުޖެހޭކަން.. ދަނީ ކައިވަތެއްހާތަން ތިރިން…

އެހެން ވިދާޅުވުމުން ރަޝިޔާގެ ބޮޑުވަޒީރުވެސް ހަމަޖެހުމުގެ ނޭވާއެއް ލިއެވެ. އަދި ހިތަށްއެރިއެވެ. އެހެންވީމާ ހަމަ ދެގައުމު އެއްވަރުތާއެވެ. ދެން އެމެރިކާ މި ގާތްކޮށްގެން އުޅޭ ދިވެހިރާއްޖެއަކީ އަނެއްކާ ކޮންފަދަ ކަމެއް ކުރާ ތަނެއް ބާއެވެ.

ރަޝިޔާގެ ބޮޑުވަޒީރު: ކޮބާ.. ދިވެހިރާއްޖޭގެ ރައްޔީތުން ނުނީ ސަރުކާރުން ކުރި މޮޅުކަމެއްގެ ވާހަކަވެސް ވިދާޅުވެ ދެއްވަން ވީނޫތޯ؟

ރާއްޖޭގެ ރައީސު: އަޅުގަނޑު މި ވިސްނަނީ ތިކަމާ.. ހިތަކަށް ނާދޭ އަދިވެސް..

އެމެރިކާގެ ރައީސު: ރަނގަޅުވާނެ ތިމާވެށްޓާ ގުޅޭ އާދަޔާ ޚިޔާލު ކަމެއްގެ ވާހަކަ ވިދާޅުވިޔަސް… ރާއްޖެ އަޑިއަށް ދާން އުޅޭ ވާހަކަ ދެކެވޭއިރު އަނބިކަނބަލުން ރާއްޖޭގައި ބަހައްޓަވާފަތޯ އަނެއްކާ ތިޔަ ވަޑައިގަތީ؟

ރާއްޖޭގެ ރައީސު: ނޫނޭ.. އަޅުގަނޑު އަންހެނުން ގެނައިން.. ތިޔަހެން އަންހެނުންގެ ވާހަކަ އެއްސެވީމާ ވާހަކައެއް ހަނދާންވެސް ވެއްޖެ.. އެނގިލައްވާތޯ؟ ދިވެހި އަންހެނުން ވިހަނީ ފޫޅުންނޭ އިނގޭތޯ…

ހައިރާންވެގެން ރަޝިޔާގެ ބޮޑުވަޒީރާއި އެމެރިކާގެ ރައީސު އެކުއެކީގައި ކަހަލަ ގޮތަކަށް: ހަމަ ސީދާ ފޫޅުންތޯ؟ ތީ ހާދަ އާދަޔާ ޚިލާފުކަމެކޭ…

ރާއްޖޭގެ ރައީސު ވިސްނަވަން އިރުކޮޅަކު މަޑުކޮށްލެއްވުމަށް ފަހު: ނޫނޭ.. ކައިވަތެއް ހާތަން ތިރިން.. އެހެންވެ އެއީ ދެން ފޫޅެއް ނޫންތޯ؟

1 comment: